ޚަބަރު

ޔޯގާ ނުހެދޭނަމަ ފުޓްބޯޅަ ވެސް ކުޅެވިގެން ނުވާނެ: މައުމޫން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޯގާ ނެހެދޭ ކަމަށް ވަނީނަމަ ފުޓުބޯޅަ ކުޅުން ވެސް އެ ބީދައިން ހުއްދަ ނުވާނޭކަމުގައި، ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ، ވީޓީވީން ރޭ ގެނެސްދިން "ބޮޑު ފެންޑާ" ޕްރޮގްރާމްގައި ވާހަކަ ދައްވަމުންނެވެ.

މައުމޫން ވިދާޅުވީ، ފުޓް ބޯޅައަކީ ހުޅަނގުން ތައާރަފް ކުރި ކުޅިވަރެއް ކަމަށާއި، އެމީހުންނަކީވެސް މުޝްރިކުން ކަމުގައެވެ. އެހެންކަމުން، ހިންދޫންނަކީ މުޝްރިކުން ކަމުގައިވެގެން، ހިންދޫންގެ ޔޯގާ ނެހެދޭ ކަމަށް ވަންޏާ ފުޓުބޯޅަ ކުޅެވެންވީ ސަބަބެއް އެބައޮތްތޯ މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.

ޔޯގާއަކީ ހަމަ އެންމެ ރަނގަޅުކަމެއް. އެކީއްވެތޯ ގޯސްވާންވީ. މިސާލަކަށް ބަޔަކު ބަޔަކު ބުނެފާނެ ޔޯގާއަކީ ހިންދީ ދީނުގެ (މީހުން ކުރާކަމެކޭ). ހިންދީ ދީނުގެ މީހުންނަކީ މުޝްރިކުންނޭ. ޝިރުކުކުރާ ބައެކޭ. އެމީހުން ކުރާ ކަމެއް ކޮށްގެންނުވާނެއޭ. އޭގެ ޖަވާބުގައި ދަންނަވަން އޮތީ ފުޓުބޯޅަ ކިހިނެތްތޯއޭ ވަނީ. ފުޓުބޯޅައަކީ ހުޅަނގުގެ އުފެއްދުމަކަށްވަންޏާއި ހުޅަނގުގެ ގައުމުގެ މީހުންނަކީ ވެސް ހަމަ މުޝްރިކުން. އެހެންވީމަ ފުޓުބޯޅަވެސް ކުޅެގެންނުވާނެތާ. ކްރިކެޓްވެސް ކުޅެގެން ނުވާނެތާ. ޔޯގާވެސް ނުހެދޭ ކަމަށްވަންޏާއި މި ދެންނެވީ. އެދެން ދެކޮޅު ޖެހޭ ވާހަކައެއް ނޫން އެ ދައްކަނީ.

ވީޓީވީގައި ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވެފައި ވެއެވެ.

ރޭގެ ޕްރޮގްރާމްގައި މައުމޫން ވަނީ ރާއްޖޭގައި އުޅޭ ދީނީ އިލްމުވެރިންނަށް ވެސް ފާޑު ވިދާޅުވެފައެވެ.

"އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މީ ދީނީ އިލްމުވެރިއެކޭ؟ ކޮންމެވެސް ޔުނިވަސިޓީއަކުން އެއް އަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، ދީނީ ވައްތަރުގެ، މި ދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅައިގެން އުޅުނީމަ އެެއީ ދީނީ އިލްމްވެރިއަކަށްވީތޯ؟ އެއީ ދީނީ އިލްމްވެރިއަކަށްވީއެއް ނޫނޭ." މައުމޫން ވިދާޅުވީ ދީނީ އިލްމުވެރިއަކަށް ވާނީ ހަރުދަނާ އިސްލާމީ މުއައްސަސާއަކުން މަތީ ފެންވަރަށް ތައުލީމު ހާސިލުކޮށްގެން ހުންނަ މީހަކަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެކުލަވާލި ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައި ދީނީ އިލްމުވެރިއަކަށް ވާނީ ސަރުކާރުން ގަބޫލުކުރާ އިސްލާމީ ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން މަތީފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައިވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެހެންވީމަ ހަމަ ކުއްލިއަކަށް މީހަކު ހުރެފައި ވާހަކަ ދެއްކީމަ ދީނީ އިލްމުވެރިއަކަށް ވާނެތޯ؟ ނުވާނެ ނޫންތޯ. ވަރަށް ބޮޑަށް ވިސްނަންޖެހޭ މި ބުނަނީ ކީކޭތޯ، އިލްމުވެރިކަމަކީ ފަސޭހަ ކަމެއް ނޫނޭ." 

Ads by Allied Insurance
  1. ނާޅި

    ތިޔައީ ދެން މައުމޫނުގެ ރަޢުޔުތާ އިބިލީސް ވެސް އާދަމް ގެ ފާނަށް ސަދިޖަ ޖަހާށޭ ﷲ އެންގީމާ ފާޑެއްގެ ރަޢުޔެއް ނެރެފަ ބުނީ އަހަރެން މާހެޔުކަންބޮޑޭ އަހަރެން އުފެދުނީ އަލިފާނުންނޭ އާދަމް އުފެދުނީ މަށިންނޭ ކިޔާފަ އެސޮރުވެސް އެސޮރުގެ އެކޮރު ރައުޔުގައި ހިފައިގެންހުރެ މީހުން މަގުފުރައްދާ އެންމެ ބޮޑު އަބާއްޖަވެރި ޖާހިލުކަމަށް ވެގަތީނުންތޯ! ބަލަ ދުނިޔޭގެ ގިނަ އިލްމުވެރިން ނާއި މައުމޫނު ކިޔެވި އަޒުހަރުން ވެސް ދެކެނީ ޔޯގާ އެއީ މުސްލިމުން ކުޅެން ހުއްދަ ކަމެއްނޫންކަމަށް، ! ކޮންމެހެން މައުމޫނުގެ ރައުޔުގައި އަޅުގަޑު ހިފާކަށެއްނުޖެހޭތާ !

  2. ބީތާ

    މައުމޫނާ ކަލޭ އޮއެބަލަ ގޭގަ ޔޯގާ ހަދަން…އަހަރެމެންލައްވާ ތި ހައްދަން ނޫޅެ.

  3. ފުޓުބޯޅަ ޔޯގާޔަކާ އެއްވެސްވައްތަރެއްނޫ ބުނެފާނެ ޔޯގާމަނަލިއޔާ އިސްލާމްކަންފުރިހަމައެއްނުވާނެޔޭވެސް ބުނާހާއެއްޗެއް ގަބޫލުކުރަންވޭތަ

  4. އެހެންބުނާމީހަކު ބުނެފާނެ ޔަހޫދީދީން ނެއްތަނެއްގާ އަސްލާމްދީންވެސްއޮވެގެންނުވާނެޔޭ