Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބިލެތްދޫގައި ހިންދޫ ދީނުގެ އަޅުކަމެއް ފާޅުގައި ކުރި ތިން މީހުން ހައްޔަރު ކޮށްފި

ފ. ބިލެތްދޫގައި އިންޑިއާ ބަޔަކު, ހިންދޫ ދީނުގެ އަޅުކަމެއް އެ ރަށުގެ މަގުމަތީގައި ކުރި މައްސަލައިގައި  ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަ ފެންމަތިވެފައިވަނީ އިއްޔެ ނޫން ކުރީ ދުވަހުއެވެ. ފަތެއްގެ މަތީގައި ބުދެއް ހަދައިގެން ދާ މަންޒަރު އިއްޔެ ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.

އެހެން ދީނެއްގެ އަޅުކަމެއް މިގޮތަށް ކުރުމަކީ ޤާނޫނުން ވެސް މަނާކުރާ ކަމެކެވެ. މި މައްސަލަ ހޫނުވާން ފެށުމުން ފުލުހުންވަނީ މައްސަލަ ބަލަން ފަށާފައެވެ. އަދި ފާޅުގައި ބަޔަކު އެކަން ކުރުމުން އެ ރަށު ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެ މީހުން އުޅޭ ތަނަށް ގޮސް، ބުދު ހޯދައިގެން، އެ ބުދު ވަނީ ކަނޑު ފައްތާފައެވެ.

Advertisement
Ooredoo — Truecaller (box)

މިމައްސަލައިގައި 27 އަހަރުގެ މީހަކާއި، 37 އަަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދަށް ކޯޓުން ދިހަ ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް