ޚަބަރު އިޖުތިމާޢީ

ފުރަތަމަ 100 ދުވަހުގެތެރޭ ފަށަން ވަޢުދުވި މިނީ ބަހުގެ ޚިދުމަތް 1300 ދުވަސްފަހުން ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނީ ބަހުގެ ދަތުރުތައް ފެށުން. ފޮޓޯ: އެމްޓީސީސީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށަން ވަޢުދުވި މިނީ ބަހުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

Ads by STELCO

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން އެމްޓީސީން މިއަދު ވަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށާފައެވެ.

ދެ ހަފުތާގެ މުއްދަތަކަށް އެ ބަސްތަކުގައި ހިލޭ ދަތުރުކުރެވޭއިރު, އޭގެފަހުން ދަތުރަކަށް ހަތް ރުފިޔާ ނަގާނެއެވެ.

ހަތަރު އަވަށް ހިމެނޭ ގޮތަށް މާލޭގެ ހަތަރު މަގަކުން ބަސްތައް ދަތުރުކުރާނެއެވެ. އެ މަގުތަކަކީ މަޖިދީމަގާއި, އަމީނީ މަގާއި, އޯކިޑް މަގާއި, ސޯސަން މަގެވެ.

ހަފުތާއެއްގެ ކޮންމެ ދުވަހަކު ވެސް ބަސް ދަތުރުތައް އޮންނާނެއެވެ. އެ ގޮތުން ދަތުރުތައް އޮންނާނީ ހެނދުނު 5:45 އިން މެންދަމު 00:15 އަށެވެ.

ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ހުއްޓި ހަދާފައިވާއިރު, ކޮންމެ ބަސް ހުއްޓިއަކަށް ކޮންމެ 15 މިނެޓުން ބަސް ގާތްކުރާނެއެވެ.

އާރްޓީއެލްގެ ވެބްސައިޓާއި އެޕް މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެއެވެ.

Ads by HDC
  1. ސައްލި

    އެމްޓީސީސީ ކުދިން ކޮޅެއް ލައިގެން ރައްޔިތު ކުންފުނީގެ ވެރިމީހާ ބުރެއްޖަހާލަނީތޯ ސަޅި !

  2. އަބްދޫ

    ފުރަތަމަ 100 13 ވަނަ 100 އޯކޭ އެއްނުން. މަގުތައް ތޮއްޖެހިފަ އޮންނަ ރަށަކަށް އިތުރު ވެހިކަލް ގެނެސްގެން އިތުރު އުނދަގޫ ފެނިގެން ދާނެ. ޕާކް ކުރާތަންތަން ނަހަދާ ބަސް ދުއްވަން ފެށުމަކީ ވަރަށް ބޮޑު އުދަނގަލަކަށް ވިކަމެއް.