Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

10 އަހަރުފަހުން އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ ޢަދާލަތު ޕާޓީގެ ބޭފުޅެއް: އިމްރާން

10 އަހަރުފަހުން އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ ޢަދާލަތު ޕާޓީގެ ބޭފުޅެއް: އިމްރާން

2033 ވަނަ އަހަރު ރައީސްކަމަށް ވަޑައިގަންނަވާނީ ޢަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރޭ ބޭއްވި ޢަދާލަތު ޕާޓީގެ ތިންވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 17 ވަނަ ބައްދަލުވުމުގެ ބައެއް ފޮޓޯތައް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެ ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލި އެ ޕާޓީގެ ސްޓްރެޓެޖިކް ޕްލޭން ތަސްދީޤުކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ ޢަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.

ނަމަވެސް ޢަދާލަތަކީ ސިޔާސީ ގޮތުން އަދި ކާމިޔާބީއެއް ހާސިލުކުރެވިފައިވާ ޕާޓީއެއް ނޫނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ޕާޓީގެ މެންބަރަކު ނެތެވެ.

ދާދިފަހުން އިމްރާން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަދާލަތު ޕާޓީއަށް ފުރުސަތު އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށެވެ. ނަމަވެސް ޤައުމީ މަސްލަހަތަށްވުރެ, ޕާޓީގެ މަސްލަހަތު އިސްކުރަން ޕާޓީގެ މެންބަރުން އެއްގޮތަކަށް ވެސް ނުރުހޭނެކަން ޔަޤީންކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް