ޚަބަރު އިޖުތިމާޢީ

އާރްޓީއެލް ފެރީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް 65 އުޅަނދު ބަންނަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތަކެއް. ފޮޓޯ: އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު 65 އުޅަނދު ބަނުމަށް ކުރިއަށް އޮތް ހަފުތާއެއްހައި ދުވަސްތެރޭގައި ކޮންޓްރެކްޓަރުންނާ ހަވާލުކުރާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

Ads by STELCO

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތް އިތުރު ޒޯންތަކުގައި ފަށަން ތައްޔާރުވަމުންދާ ކަމަށެވެ. އެ ގޮތުން އެ ޚިދުމަތަށް ބޭނުންވާ ފެރީތައް ބަނުމަށް ބަޔަކާ ހަވާލުކުރަން ތައްޔާރުވަމުންދާ ކަމަށާއި, އިތުރު 65 ފެރީ ބަނުމުގެ މަސައްކަތުގައި ފެށޭ ހަފުތާތެރޭގައި ސޮއިކުރެވޭނެކަމަށް ބެލެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށީ މިދިޔަ ޖޫން 12 ގައެވެ. މި ޚިދުމަތް މިހާރު ފަށާފައިވަނީ ޒޯން އެކެއްގައި ހިމެނޭ ހއ، ހދ، އަދި ށ.އަތޮޅުގައެވެ. އެ ޚިދުމަތް ފެށީ 17 ފެރީއާއެކުގައެވެ.

އިންޓެގްރޭޓަޑް ޓްރާންސްޕޯޓް ނެޓްވޯކްގެ ކަންކަމުގެ ތެރޭގައި ހިމެނ އާރްޓީއެލް ފެރީގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ކެބިނެޓުގެ ވަޒީރުންނާއި، ރައީސް އޮފީހުގެ އިސްވެރިންނާއި، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން ދާދިފަހުން ރައީސް އޮފީހުގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!