Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އަދުރޭ, އިމްރާނަށް: މަޤާމުގެ ދަހިވެތިކަމުގައި ދީނުން ބޭރުވެ, މުރުތައްދުވާއިރު ވެސް ނޭނގެނީތޯ

އަދުރޭ, އިމްރާނަށް: މަޤާމުގެ ދަހިވެތިކަމުގައި ދީނުން ބޭރުވެ, މުރުތައްދުވާއިރު ވެސް ނޭނގެނީތޯ

މަޤާމުގެ ދަހިވެތިކަމުގައި ދީނުން ބޭރުވެ, މުރުތައްދުވާއިރު ވެސް ނޭނގެނީތޯ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) , ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ އާ ސުވާލު ކުރައްވައިފިއެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި މި މޭރުމުން ސުވާލުކުރެއްވީ, ރަސޫލާ ކުރެއްވިފަދަ ހެޔޮ ވެރިކަމެއްގެ ސިފަތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުން ފެންނަކަމަށް އިމްރާން ވިދާޅުވުމުންނެވެ.

އެ ގޮތުން އަދުރޭ ވިދާޅުވީ އަމިއްލަ އެދުން ބޮޑުވިޔަސް އެއީ ފުކެއް ބޮޑުވަރު ކަމަށެވެ. އަދި ކީރިތި ރަސޫލާއާއި ރައީސް ޞާލިޙާއި އެއްފަދަކުރަން ހެޔޮވާނީ ކޮންފަދަޔަކުންތޯ ވެސް އަދުރޭ ސުވާލުކުރެއްވިއެވެ.‎

Advertisement
Ooredoo — Square (box)

''މަނިކުފާނު ތިޔަ ހުންނެވީ ހަމަ ހޭގައިތޯ. މަގާމުގެ ދަހިވެތިކަމުގައި ދީނުންބޭރުވެ މުރުތައްދުވާއިރު ވެސް ނޭނގެނީތޯ. ތިޔައީ ޖާހިލުކަމުގެ އިންތިހާ.''

ރަސޫލާ ކުރެއްވިފަދަ ހެޔޮ ވެރިކަމެއްގެ ސިފަތައް ރައީސް ޞާލިޙްގެ ވެރިކަމުން ފެންނަކަމަށް ވިދާޅުވެ ވިޔަވަތި ކޮންފަރެންސްގައި އިމްރާން ވިދާޅުވެފައިވަނީ އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތެވެ. އެ އާޔަތުގައިވާ މައިގަނޑު ވާހަކަތަކަކީ ވެރިން ރައްޔިތުންނަށް އޯގާވެރިވުމާއި, ހިތްހަރުކަމާއި, ހަރުކަށިކަމުގެ ސިފައިން އެއްކިބާވުމާއި, މަޢާފުކުރުމާއި, މަޝްވަރާކުރުމާއި, ﷲ އަށް ވަކީލުކުރުމުގެ ވާހަކަތަކެވެ.

އިމްރާން ވިދާޅުވީ މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި, ފުރިހަމަ ގޮތުގައި ފެންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް