Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން, ސިޔާސީ މީހެއްނަމަ މިހާރު ހުންނާނީ ވެރިކަމުގައި: ޤާސިމް

އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން, ސިޔާސީ މީހެއްނަމަ މިހާރު ހުންނާނީ ވެރިކަމުގައި: ޤާސިމް

އޭނާއަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި ސިޔާސީ ބޭފުޅެއްނަމަ ހުންނަވާނީ ވެރިކަމުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް ނޫން ބޭފުޅަކު ފެނިދާނެތޯ, ރާއްޖެ ޓީވީގެ ''ފަށާއިރު'' ޕްރޮގްރާމުގައި ސުވާލުކުރުމުން ޤާސިމް ވިދާޅުވީ އެއްގޮތަކަށް ވެސް އެއަށް ޖަވާބުދެއްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ އޭނާއަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި, ސިޔާސީ ގޮތުން ކުރި ހޯއްދަވަން ބޭނުންވެވަޑައިނުގަންނަވާ އެތަކެއް ސަބަބުތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

Advertisement
Allied — Dhen Online (box)

''އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން. އަޅުގަނޑަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް. މިހާރު ވެސް މި ކުރަނީ އިސްލާހަށްކުރާ މަސައްކަތް. އަޅުގަނޑަކީ ސިޔާސީ މީހެއްނަމަ މިހާރު ވެސް ހުންނާނީ ވެރިކަމުގައި. މިއަދު ވެސް އިއްޔެ ވެސް.''

ޤާސިމް ވިދާޅުވީ ކޮންމެ ގޮތެއް ހަދައިގެން ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމަކީ އޭނާގެ ލެގަސީއެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގައި އިސްލާހީ މަސައްކަތް ކުރުމަށް އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށާއި, ހޯއްދަވަން ޖެހުނު މަޤާމެއް ހޯއްދަވާނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ހޯއްދަވަނީ ވެސް އެ ބޭނުމުގައި ކަމަށާއި އިތުރު ސަބަބެއް ނެތްކަމަށް ވެސް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް