Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ސަރުކާރުގެ ރައްދު ޤާސިމަށް: ކޯލިޝަނާއެކު އެއްބަސްވި ހުރިހާ ކަމެއް މިދަނީ ކޮށްދެމުން

ސަރުކާރުގެ ރައްދު ޤާސިމަށް: ކޯލިޝަނާއެކު އެއްބަސްވި ހުރިހާ ކަމެއް މިދަނީ ކޮށްދެމުން

ކޯލިޝަނާއެކު އެއްބަސްވި ހުރިހާ ކަމަކަށް އަމަލުކުރަމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ވަކި އިންސައްތައެއް ވިދާޅުވުމަށްފަހު ކޯލިޝަން އެއްބަސްވުމަށް އަމަލުނުކުރާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވި ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ނުހިނގަނީ ކޮންކަމެއްކަމަށް ސާފުނުވާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ނުހިނގާކަމެއް އޮތްކަމަށް ފާހަގަކުރައްވައިފިނަމަ އެކަމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ޤާސިމް ވިދާޅުވެފައިވަނީ ކޯލިޝަނެއް ނެތްކަމަށް ސަރުކާރުން ނުވަތަ އެމްޑީޕީން ރަސްމީކޮށް ހާމަނުކުރާ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ ވެފައި އޮތް އެއްބަސްވުމާއި ގާތަށް 90 އިންސައްތަ ވެސް ފުރިހަމަވެފައިނުވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް