ޚަބަރު

ކައުންސިލްތަކުގެ ފުރަތަމަ ބެޗް ނޮވެމްބަރު މަހު އިންޑިއާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ފުރަތަމަ ބެޗް އަންނަ ނޮވެމްބަރު މަހު ތަމްރީނަށް އިންޑިއާއަށް ފުރާނެކަމަށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވުން ޤާއިމުކުރެއްވި ދާއިރާތަކުގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޭނުންވާ ތަމްރީން ދިނުން ހިމެނެއެވެ.

"މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" އަކީ ދެ ޤައުމުގެ ދެމެދުގައި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން، އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމާ ގުޅޭ ހުރިހާ، ދާއިރާއަކަށް ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް ހިންގާނެއެވެ.

އަފްޝަން ވިދާޅުވީ ތަމްރީނަށް ފުރަތަމަ ބެޗް އިންޑިއާއަށް ފޮނުވާލުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ.

"މި މަސައްކަތް ކުރަނީ ކޮންމެ މަހަކު 20-25 މީހުންގެ ބެޗެއް ފޮނުވުމަށް. މީގެތެރޭގައި ކައުންސިލް، ޑަބްލިއުޑީސީ އަދި އެލްޖީއޭގެ ސްޓާފުންވެސް ހިމަނާނަން. މި ޓަރގެޓް ކުރަނީ ނޮވެމްބަރު މަހު ފުރަތަމަ ބެޗް ފޮނުވަން." އަފްޝަން ވިދާޅުވިއެވެ.

  1. އިންޑިޔާ އަކީވެސް ތިބުނާހާ ޑިވޮލޮޕްވެފައިވާ ތަނެއްތޯ، ޓެކުސް ނެގުމާއި ކޮރަޕްޝަން ވަރަށްމަތީގައިވާ ތަނެއް ، އެކިނަންނަމުގައި ޓެކުސް ނަގައިގެން ބޮޑުންގެ ޖީބަށް ލުން !