ގދ އަތޮޅު ކައުންސިލް ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅަށް

ގދ. އަތޮޅު ކައުންސިލުން މާލެ އަތޮޅުގެ ރަށްރަށަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ..
އާދީއްތަ ދުވަހު މި ދަތުރު ފަށާފައިވަނީ މާލެއަތޮޅު ވެރިރަށް ތުލުސްދޫއިންނެވެ. ތުރުގެ ބައިވެރިން މާލެ އަތޮޅުގެ 9 ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައި ވާކަމަށް މާލެ އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.
މި ތަޖުރިބާ ދަތުރުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް މެންބަރުންނާއި އިދާރީ އިސް މުވައްޒަފުން ބައިބެރިވެރިވެ ވަޑައިގަންނަވައެވެ.
ރަށްރަށަށް ކުރާ ދަތުރުގައި ރަށު ކައުންސިލް ތަކާއި ސަރުކާރު މުއައްސަސާތަކާއި ބައްދަލުކޮށް ދެފަރާތުގެ ތަޖުރިބާ ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރަށްރަށުގައި ލޯކަލް ޓުއަރިޒަމް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޝްވަރާކުރަމުން ގެންދާކަމަށްވެސް މާލެ އަތުޅު ކައުންސިލުން މައުލޫމާތުދެއެވެ.
ދަތުރުގެ ބައިވެރިން ތުލުސްދޫއަށް ވަޑައިގެން މާލެއަތޮޅު އަތޮޅުކައުންސިލާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ކައުންސިލްގެ ތަޖުރިބާ ހިއްސާކޮށް، މިހާރު ކައުންސިލްތަކުން ދެމުންގެންދާ ހިދުމަތްތައް އިތުރަށްފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭ ގޮތަކަށް ހިދުމަތް ދިނުމުގައި އަމަލު ކުރެވިދާނެގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.