ޚަބަރު

އެވިޑް ކޮލެޖުން ތުލުސްދޫގައި ޓްރެއިނިން ސެންޓަރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކ. ތުލުސްދޫގައި ޓްރެއިނިންގ ސެންޓަރ އެއްގާއިމްކުރުމަށް ތުލުސްދޫ ކައުންސިލާއި އެވިޑް ކޮލެޖާއި ދެމެދު އެއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

Ads by STELCO

މިއީ ތުލުސްދޫގައި ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މަގްސަދުގައި، ރަށުގައިތިބެގެން މަތީތަޢުލީމް އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުން ތުލުސްދޫ ކައުންސިލާއި އެވިޑް ކޮލެޖްއާއި ދެމެދު ސޮއެކުރެވުނު އެމްއޯޔޫއެއް ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

ތުލުސްދޫގައި ހިންގޭ މި ޓްރެއިނިންގް ސެންޓަރއިން ތުލުސްދޫގައި ހުރެގެން އެވިޑް ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ޓްރެއިނިން ސެންޓަރ ގާއިކޮށް، މިތަނުގައި ހިންގޭ ކޯސްތަކުގެ މައުލޫމާތު އެވިޑް ކޮލެޖާއި ތުލުސްދޫ ކައުންސިލުން ލިބޭނެކަމަށް ތުލުސްދޫ ކައުންސިލުން ހާމަ ކޮށްފައި ވެއެވެ. ޓްރެއިނިންގ ސެންޓަރ ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެވިޑް ކޮލެޖްގެ ލެކްޗަރާސްއިންނެވެ.

ސޮއިކުރުމަށް ބޭއްވުނު ބައްދަލުވުމުގައި އެވިޑް ކޮލެޖްގެ ޗެއަރމަން، ﷲއަބްދު މުސްތާގް ރަޝާދް ވިދާޅުވީ މިފަދަކަމެއް ކާމިޔާބުކަަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ރަށުކައުންސިލާއި އިދާރާތަކުން ލިބޭ އެއްބާރުލުން ފާހަގަކުރާކަމަށެވެ. އަދި މިފަދަ ކަންކަން ފުރިހަމަޔަށް ހިންގުމަށްޓަކައި މަޝްވަރާގެ މުހިންމުކަން ޗެއަރމަން ފާހަގަކުރެއްވިއެވެ.

ތުލުސްދޫ ކައުންސިކުންވަނީ މިފަދަކަމެއް ރަށުގައި ކުރިއަށް ގެންގޮސްދޭތީ އެވިޑްކޮލެޖަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނޭގޮތަށް އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް ތުލުސްދޫ ކައުންސިލުންވަނީ އެދިފައެވެ.

އެވިޑްކޮލެޖްގެ ފަރާތުން ވަނީ ތުލުސްދޫގައި އޯޕަންޑޭއެއް ބާއްވައި ކޯސްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މި އޯޕަންޑޭގައި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކޯސްތަކުގައި ރެޖިސްޓްރީކުރެވުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!