Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

''އެޖެންޑާ 19'' ދިޔައީ ''ތޮޅިއަށް'' ކަމަށް ނަޝީދު ވިދާޅުވެއްޖެ

''އެޖެންޑާ  19'' ދިޔައީ ''ތޮޅިއަށް'' ކަމަށް ނަޝީދު ވިދާޅުވެއްޖެ

''އެޖެންޑާ  19'' އިގެ އަމާޒަށް ވާސިލުވެވިއްޖެ ކަމަށް ވިދާޅުވާން ވަރަށް ދަތިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

''އައްޑޫ ލައިވް'' އަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަަރަށް ގިނަ ކަންކަން ކުރާނެކަމަށް އެމްޑީޕީން ވަޢުދުވި ކަމަށާއި, ނަމަވެސް މަޖިލީހަށް އެ ޕާޓީން ކުރި އުންމީދުތައް ޙަޤީޤަތަކަށްނުވި ކަމަށެވެ.

އޭގެތެރޭގައި ޚާއްސަކޮށް އެމްއެމްޕީއާރްސީގެ މައްސަލައާއި, ރައްޔިތުން ބާރުވެރިކުރުމާއި, ރަށު ކައުންސިލުތައް ވަރުގަދަ ކުރުމާއި, މަސްވެރިކަމާ ގުޅޭ ގޮތުން ކުރި އުންމީދުތައް ހިމެނޭކަމަށް  ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

''މި ކަންކަމާގުޅޭ ގޮތުން އަޅުގަނޑުމެންގެ މެނިފެސްޓޯ އެޖެންޑާ 19 އަމާޒުކުރި ހިސާބަށް ދެވުނުކަމަށް މިހާރު އަޅުގަނޑަށްވެސް މުޅިން ދެވިއްޖެކަމަށް ދަންނަވަން ދަތި.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެ ކަންކަން ކުރުމަށްޓަކައި 19 މަޖިލީހުގައި އަދި ދެ އަހަރު އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް