Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އިންތިޤާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަޤާމަށް މުޞްޠަފާ ޙަމީދު

އިންތިޤާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަޤާމަށް މުޞްޠަފާ ޙަމީދު

އިންތިޤާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންކަމުގެ މަޤާމަށް އެ އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަޤާމުގައި ހުންނެވި މުޞްޠަފާ ޙަމީދު އައްޔަންކޮށްފިއެވެ.

އޮމްބަޑްސްޕާސަންކަމުގެ ހުސްވީ މީގެ ކުރިން އެ މަޤާމުގައި ހުންނެވި މަރްޔަމް ލައިޒާ މި މަހުގެ 06 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޤާނޫނުގައިވާ ގޮތުން އެ މަޤާމު ހުސްވާތާ 15 ދުވަސްތެރޭ މަޤާމަށް ބޭފުޅަކު އައްޔަން ކުރަންޖެހެއެވެ. މިއަދަކީ އެ މުއްދަތު ހަމަވާ ދުވަހެވެ.

Advertisement
Allied — Dhen Online (box)

މުޞްޠަފާގެ އިތުރުން މިހާރު އެ އޮފީހުގައި އޮމްބަޑްސްޕާސަންގެ ގޮތުގައި މިހާރު ތިއްބަވާނީ ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސްއާއި, ޗީފް އޮމްބަޑްސްޕާސަން ޢަބްދުއްސަލާމް ޢާރިފެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަކީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އާ ދެމެދުގައި ހިނގައިދިޔަ މުއްދަތުގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދަޢުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި, އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބެލުމަށް އުފައްދާފައިވާ އޮފީހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް