ލައިފްސްޓައިލް

އޮފީސް މާހައުލުގައި ބުލީ ކުރަނީ ކޮންބައެއް؟

ދެން އެމްވީ ، ދެން އޮންލައިން

ބުލީ ނުވަތަ ހަނގާ ކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް މިހާރު ވަރަށް އާއްމުކަމެކެވެ. ބުލީ ކުރުން ވެގެންގޮސްފައި ވަނީ މިހާރު ސުކޫލުތަކަށް ވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށެވެ. ސުކޫލުތަކުން ކުރި ފަޅައިގެން ހެދެން ފެށި ހަނގާކުރުން މިއަދު މިވަނީ އޮފީސް މާހައުލަށް ވެސް ފެތުރިފައެވެ. އެއް އޮފީހެއްގައި ވަޒީފާ އަދާކުރާ މީހުންގެ އެކަކު އަނެކަކަށް ބުލީ ކުރުން މިއަދު މިވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ.

Ads by STELCO

އޮފީސް މާހައުލުގައި މަސައްކަތް ކުރަނީ 18 އަހަރު ވެފައިވާ ބޮޑެތި މީހުންނެވެ. ހެވާއި ނުބައި ވިސްނޭވަރަށް ދުނިޔެއަށް ލޯ ހުޅުވިފައި ތިބޭ މީހުންނެވެ. ފަހަރުގައި، އޮފީސް މާހައުލުގައި ކުރެވޭ ހަނގާގެ ވާހަކަ އާއްމުންގެ ތެރޭގައި ނުދައްކަނީ، އެކަމާއި ކުރިމަތިލާން ޖެހެނީ ބޮޑެތި މީހުންކަމަށްވެފައި އެމީހުން އެކަމަށް ރިއެކްޓް ކުރާ މިންވަރު ކުޑަވުމުން ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް، އޮފީސް މާހައުލުގައި އެކަކު އަނެކަކަށް ބުލީކޮށް ހެދުމަކީ ހަގީގަތުގައި އޭގެ ސަބަބުން މަސައްކަތަށް ވެސް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރާ މީހުންގެ މެދުގައި ހަނގާ ކުރުން ފަދަ ނުރަނގަޅު އާދަތައް އާއްމުވާން ފަށައިފިނަމަ، އެންމެންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމަށް ވެސް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

އޮފީސް މާހައުލުގައި ގިނައިން ބުލީކޮށް އުޅޭނީ މަޖަލަކަށެވެ. މަޖަލަކަށް ފަށައިން، ހީސަމާސަކޮށް ބުލީ ކުރަން ފެށުމުން އާހިރުގައި އެ ސަމާސާ ވިހަވަނީއެވެ. ބުލީ ކުރާ މީހާ ވަޒީފާއިން ކެނޑި ނުވަތަ އޮފީހުގައި މަސައްކަތް ކުރާ މީހުންގެ މެދުގައި މައްސަލަތައް ޖެހި، އޮފީހުގައި ވަކި ގުރޫޕްތައް އުފެދެން ފަށައެވެ. ބައެއް ފަހަރު، މަޖަލަކަށް ބުނެވޭ ބަހެއްގެ ސަބަބުން އުމުރު ދުވަހަށް އެކަކު އަނެކަކުގެ މޫނު ފެންނަން ބޭނުންނުވާ ވަރަށް ނަފްރަތު ކުރެއެވެ. ބުލީގެ ސަބަބުން މިތުރުން ހަތުރުންނަށް ބަދަލުވެގެން ދެއެވެ.

ހަގީގަތުގައި ހަނގާ ނުވަތަ ބުލީ ކުރުމަކީ އެކަމުގައި ވަރަށް ގިނަ ގެއްލުންތަކެއް، ބުލީ ރައްދުވާ މީހާއަށް ކުރާ ކަމެކެވެ. ބައެއް ހާލަތްތަކުގައި މަޖަލަކަށް ނުވަތަ ޖެއްސުމަށް ފަށާ ބުލީ ނިމިގެން ދަނީ އަމިއްލަ ނަފްސަށް ގެއްލުމެއް ދޭ ހިސާބުން ނުވަތަ ނަފްސާނީ ބަލިމަޑުކަމެެއްގެ ތެރެއަށް މިހާ ދާ ހިސާބުންނެވެ. ބުލީ ކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމައުން ނައްތަލާން ޖެހޭ ގޯސް އާދައެކެވެ. ބުލީ ކުރުމަކީ މީހާގެ އުޅުމަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެކެވެ. އޮފީހަށް ދާން ފޫހިވެއެވެ. މަސައްކަތުގައި އިތުބާރު ކުޑަވެއެވެ. އެހެންކަމުން މަޖަލަކަށް ނަމަވެސް އޮފީސް މާހައުލުގައި ކުރާ ހަނގާއަކީ ހުއްޓައިލާން ޖެހޭ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!