ދުނިޔެ

ބޮލީވުޑް ތަރި، ރާޖޫ މަރުވެއްޖެ

އާއިޝަތު އަލީނާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވާސްތާވް މަރުވެއްޖެއެވެ.

Ads by Sosun Fihaara

އުމުރުން 58 އަހަރުގައި އޭނާ ބުދަދުވަހު މަރުވެފައިވާކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އޭރު އޭނާ ގެންދިޔައީ ދިއްލީގެ ހޮސްޕިޓަލެއްގައި ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. އެގޮތުން އޭނާއަށް ފަރުވާ ދޭން ފެށީ އޯގަސްޓު މަހުގެ 10 ވަނަ ދުވަހު ޖިމްގައި ހުއްޓައި އޭނާއަށް ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުންނެވެ.

އޭގެ ފަހުން އޭނާ އޮތީ ލައިފް ސަޕޯޓުގައިކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

މިދިޔަ ހަފްތާގައި އޭނާގެ ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުންވެސް އައިސްފައިވެއެވެ. ނަމަވެސް އޭރުވެސް އޮތީ ވެންޓިލޭޓަރުގައެވެ،

ރާޖޫ ސްރިވާސްތާވް މުނިފޫހިފިލުވުމުގެ ދާއިރާއަށް ގުޅުނީ 1980 ވަނަ އަހަރުއެވެ. އެގޮތުން އޭނާ ވަނީ ހިންދީ ފިލްމުތަކުގައި އެކްޓްކޮށްފައެވެ.

އޭގެ އިތުރުން، އިންޑިއާގެ ރިއަލިޓީ ޝޯވ "ދި ގްރޭޓް އިންޑިއަން ލާފްޓަރ ޗެލެންޖް" ގައިވެސް އޭނާ ވަނީ ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.

އޭނާ މަަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން އޭނާގެ މަތިން އެ ޤައުމުގެ ރައްޔިތުން ހަނދާން ނުނެތޭނެކަމަށް މޯދީ ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!