Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޝަރުޢީ ދާއިރާ

ޝަހުސު އޮޅުވައިލި މީހަކު ގޭބަންދުކުރަން ޙުކުމްކޮށްފި

ޝަހުސު އޮޅުވައިލި މީހަކު ގޭބަންދުކުރަން ޙުކުމްކޮށްފި

ޝަހުސު އޮޅުވައިލުމުގެ ކުށް ސާބިތުވި މީހަކު ގޭބަންދުކުރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ނުބައި ނަމަކާއި ނުބައި, ނުބައި އައިޑީކާޑު ނަންބަރެއް ދީގެން ޝަހްސު އޮޅުވައިލަން މަސައްކަތް ކުރުމާ ގުޅިގެން ދަޢުވާ އުފުލީ މ.ވައިޓްފިޝް އިބްރާހިމް ޝަރީފްގެ މައްޗަށެވެ.

މި މައްސަލައިގައި އޭނާ ވަނީ ކުށަށް އިޢުތިރާފުވެފައެވެ.

Advertisement
HDC — Sidebar (box)

މި ދަޢުވާއާއެކު އޭނާއަށް އިތުރު ދެ ދަޢުވާއެއް ކުރިއެވެ. އެ ގޮތުން އަދަބު ކަނޑައެޅުމުގައި ޤާނޫނުލްޢުޤޫބާތުގެ 1006 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށްފައިވާކަމަށް ޙުކުމުގައި ވެއެވެ.

އެހެންވެ އޭނާ ތަންފީޒުކުރަންޖެހޭ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމުގެ އަދަބު ބަދަލުކުރީ ދެ މަހާއި 12 ދުވަހަށް ގޭބަންދު ކުރުމުގެ އަދަބަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް