ތަޢުލީމީ ނިޒާމަށް ކޮކަޑިލައި, ނިޒާމު ފުނޑައިލަން އަންނަނީ މަަސައްކަތް ކުރަމުން: މޮސްޓާ

ޑިމޮކްރަސީގެ ނަމުގައި ތަޢުލީމީ ނިޒާމު ފުނޑާލައިފިކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކައިގައި މޮސްޓާ ވިދާޅުވީ ސެކިއުލަރ ޤައުމަކަށް މި ތަން ހަދަން ކުރާ މަސައްކަތް މިއަދުނ މިއަދަށް ހުއްޓުވަން އެބަޖެހޭ ކަމަށެވެ. ނޫނީ މުޞްޠަފާ ކަމާލް ބާޝާ ނުވަތަ އަތާތުރުކު ތުރުކީއަށް ހެދި ގޮތް މި ޤައުމަށްވެގެން ހިނގައިދާނެ ކަމަށެވެ.
މުޞްޠަފާ ކަމާލު އަތާތުރުކު, ތުރުކީއަށް މި ތަން ހަދަން މި ކުރަމުންދާ މަސައްކަތް ނުހުއްޓުވައިފި ކަމަށް ވެއްޖެއްޔާ ކުރިއަށް މި އޮތް 10 އަހަރު ނޫނީ، 20 އަހަރުގެ ތެރޭގައި މި ޤައުމު ހަމަ ތުރުކީއަށް ވީ މަގުން, އަންދަލުސް ދިޔަ މަގުން ގޮސްގެން މި ތަން ހަލާކުވެގެންދާނެ.''
މޮސްޓާ ވިދާޅުވީ މިއުޒިކަކީ ހުއްދަ އެއްޗެއްކަމަށާއި, އައުރަ ނިވާކުރަން ނުޖެހޭނެކަމާއި, ކަލަކު ވޮޑިގެންވަނީ ކޮންތާކުތޯއާއި މިފަދަ ކަންކަން މިއަދު ޅަދަރިންގެ ސިކުނޑިތަކަށް ވިސްނައިދެމުންދާ ކަމަށެވެ.
''އެ ހުރިހާ ކަމެއް ކުރަމުން މި ދަނީ ސީދާ ރޭވިގެން. ފުރަތަމަ ތަޢުލީމީ ނިޒާމަށް ކޮކަޑިލީ މި ތަނަށް ދީނީ މިނިވަންކަމޭ، އެހެން އެއްޗެކޭ ކިޔުމުގެ ކުރިން. އެކަން އެގޮތަށް ކުރުމަށްފަހު ޑިމޮކްރަސީގެ ނަމުގައި ތަޢުލީމީ ނިޒާމް އެއްކޮށް ފުނޑާލަން މަސައްކަތް ކޮށްފައި، އެ ތަނަށް ލާދީނީ އެތައް ބަޔަކު ވައްދައިގެން ލާދީނީ މީހުން ކުރާ ލާދީނީ ކަންތަކަކީ މިއަދު ކުޑަ
ކަމެއް ކަމަށް ހަދައިފި.''
މޮސްޓާ ވަނީ ލާދިނީ މީހުން ބޭނުންވީމާ، ލާދީނީ ގޮތްގަނޑު ފަތުރާ ތަނަކަށް ރާއްޖޭގެ ހުރިހާ މުއައްސަސާތައް ހަދައިގެން ނުވާނެކަމަށް ވެސް ވިދާޅުވެފައެވެ.