ޚަބަރު ޝަރުޢީ ދާއިރާ

އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ އެއް އަހަރާއި ދެ މަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ދަޢުވާ އުފުލާފައިވާ ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) މައްޗަށް ކުށް ސާބިތުވެ, އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ޢަބްދުއްރަޙްމާންގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ކޯޓުގައި ވަނީ ދަޢުވާއަށް އިޢުތިރާފުވެފައެވެ.

މި މަހުގެ 18 ވަނަ ދުވަހުގައި ކޯޓުގައި އޮތް އަޑުއެހުމުގައި އޭނާ ކުށަށް އިޢުތިރާފުވުމާއެކު އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ކުރިއަށްގެންދަން އެ ދުވަހު ނިންމިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކުރީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ރަފީޢު ޖަލަށްލުމަށެވެ. ނަމަވެސް ތަޙްޤީޤުގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ދެ މަހާއި 28 ދުވަހުގެ ޖަލު ޙުކުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!