Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖަލުގައި ހުއްޓާ ނަޝީދު ނިޔާވި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

ޖަލުގައި ހުއްޓާ ނަޝީދު ނިޔާވި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މ.މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު (43 ) މަރުވި މައްސަލަ ބަލަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ނަޝީދު ނިޔާވީ, އޭނާ ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުރި ގައިދީއަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން އިތުރު ފަރުވާދެމުން އަންނަނިކޮށްކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

''މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައި. ސީޕީއާރްއަށްފަހު ވެސް, ނޭވާ ނުލުމުން ޑޮކްޓަރު ވަނީ 17:26 ހާއިރު އޭނާ ނިޔާވިކަމަށް ކަނޑައަޅާފައި.'' ކަރެކްޝަނުން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ނަޝީދު ނިޔާވުމުގައި ކަރެކްޝަނުގެ އިހުމާލު އޮތްކަމަށް ޢާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އެކަމަކު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ ނަޝީދު ނިޔާވި މައްސަލައިގައި ކަރެކްޝަނުގެ އިހުމާލެއް ނެތް ކަމަށެވެ.

އެޗްއާރްސީއެމްއިން މިއަދު ބުނީ ޖަލުގައި ނަޝީދު ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ. އެ މައްސަލައަކީ 2020 ވަނަ އަަހަރު ''އިރުއަލިމަސް'' ކިޔާ ދޯންޏަކުން ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް