ޓޫރިޒަމް ބޯއިކޮޓްކުރުމުގެ ކެޓަގަރީން ރައީސް ޞާލިޙާއި ރައީސް ނަޝީދަށް އެވޯޑް އަރުވަންޖެހޭ: މަލީޙް

ޓޫރިޒަމް ބޯއިކޮޓްކުރުމުގެ ކެޓަގަރީން <span class="s1">ރައީސުލްޖުމްހޫރިއްޔާ</span> <span class="s1">އިބްރާހީމް</span> <span class="s1">މުޙައްމަދު</span> <span class="s1">ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް</span> އެވޯޑް އަރުވަންޖެހޭ ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް ލިބުނު ފަރާތްތަކަށް ތަހުނިޔާ ދަންނަވަމުން މަލީޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެވޯޑް ހައްޤުވާ ދެފަރާތެއް ލިސްޓުން ބާކީކޮށް އެންނެ މުހިންމު ކެޓަގަރީ އުނިކޮށްފައިވާކަމަށެވެ.
މަލީޙް ވިދާޅުވީ “ޓޫރިޒަމް ބޯއިކޮޓްކުރުމުގެ ކެޓަގަރީއިން ރައީސް އިބޫއާއި ރައީސް ނަޝީދަށް އެވޯޑް ފަހުން ނަމަވެސް އަރުވަންޖެހޭ”ކަމަށެވެ.
https://twitter.com/maleehjamal/status/1576856555966042120?s=46&t=Ad4iQEHOx0TFAC8oKT3MgA
މޯލްޑިވްސް ޓޫރިޒަމްގެ އެވޯޑްތައް ދީފައިވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާގައި ރައީސް ޞާލިޙް ވަނީ 6 އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ނައިބު ރައީސް ވެސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ 21 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.






ކޮމެންޓް