ކޫއްޑޫގެ ޢިމާރާތެއްގެ މަތިން ވެއްޓުނު މީހާ ނިޔާވެއްޖެ
 
                                                    ގއ.ކޫއްޑޫގައި ހުންނަ މިފްކޯ އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ ނިޔާވެއްޖެއެވެ.
އިންޑިއާއަށް ނިސްބަތްވާ އެ މީހާ ވެއްޓުނީ އެ އިމާރާތުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ބުރާސްފަތި ދުވަހު ހެނދުނު އެ ހާދިސާ ހިނގުމުން އޭނާއަށް ފަރުވާދިނުމަށް ވަގުތުން އެ އަތޮޅު ވިލިނގިއްޔަށް ގެންދިޔައެވެ.
ވެންޓިލޭޓަރުގައި ފަރުވާދިނުމަށްފަހު އޭނާއަށް އިތުރު ފަރުވާ ދިނުމަށް ގެނައީ އައިޖީއެމްއެޗަށެވެ.
ވިލިނގިލީ ހޮސްޕިޓަލުން އޭރު ބުނި ގޮތުގައި ޢުމުރުން 41 އަހަރުގެ އެ މީހާގެ ބޮލަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ.
އެ ގޮތުން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ އިރާކޮޅުގެ ވަގުތެއްގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
 
  Ads by HDC
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
