ޚަބަރު

ޔޯގާ މައްސަލައިގައި ދަޢުވާކުރަނީ އިންޑިއާ ރުއްސަން: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން، ދަނޑު ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލާގައި ދަޢުވާ ކުރަނީ އިންޑިއާ ރުއްސަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމް މިފަދައިން ވިދާޅުވީ ޔޯގާ ހަމަނުޖެހުމުގައި ދައުލަތުގެ އިޙްމާލު އިންތިހާއަށް އޮތްއިރު، ރައްޔިތުންގެ ކުއްވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ ޔޯގާގެ މައްސަލައިގައި ދަޢުވާ ކުރަނީ އިންޑިއާ ރުއްސަން ކަމަށާއި ރައްޔިތުން ނިކުމެ ސަރުކާރު ޒިންމާދާރުކުރުވަން ޖެހޭ ކަމަށެވެ.
މިދިޔަ މެއި މަހު ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދުގެ އިތުރުން އާދަމް ނިޝާން ވެސް ހިމެނެއެވެ.

Ads by Allied Insurance
  1. ނާޅި

    ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން ޔޫރަޕްގައި ކެމްޕޭން ކުރި އެމްޑީޕީމީހުންނާއި ، 2012 ފެބުރުއަރީ 12، 13 ގައި ހުޅުޖެހި މީހުންގެ މައްޗަށްވެސް ދައުވާކުރަންޖެހޭ އެމީހުނަށް ދައުވާ ނުކޮށް އިންސާފުތޯ ؟

  2. ތީ ވ ރަގަޅުއައިޑިޔާއެތް ތިހެންވާނަމަ