ޚަބަރު

އެމްއެންޑީއެފްގެ ބޭނުންތަކަށް އިންޑިއާއިން ވެހިކަލް ހަދިޔާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭނުންތަކަށް އިންޑިއާ ސަރުކާރުން ވެހިކަލް ހަދިޔާކޮށްފިއެވެ.

Ads by STELCO

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރަސްމީކޮށް މި ވެހިކަލްތައް ދިވެހި އަސްކަރިއްޔާއަށް ޙަވާލުކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާއެވެ. ދިވެހި އަސްކަރިއްޔާއިން މި ވެހިކަލްތަކާ ޙަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމް.އެން.ޑީ.އެފް ގެ ބޭނުންތަކަށް އިންޑިއާއިން ހަދިޔާކުރި މި ވެހިކަލްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ހިލޭ އެހީ ދިނުމަށް ހެދިފައިވާ އެއްބަސްވުމުގެ ދަށުން ދީފައިވާ ވެހިކަލްތަކެކެވެ.

އިންޑިއާއިން ފޯރުކޮށްދިން އެހީގެ ދަށުން އެމް.އެން.ޑީ.އެފްއަށް 24 ޔޫޓިލިޓީ ވެހިކަލެއް ވަނީ ހަދިޔާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!