Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ކެސިނޯ އަޅަން ތާއީދެއް ނުކުރަން, އަދި ވަކާލާތެއް ވެސް ނުކުރަން: މަހްލޫފް

ކެސިނޯ އަޅަން ތާއީދެއް ނުކުރަން, އަދި ވަކާލާތެއް ވެސް ނުކުރަން: މަހްލޫފް

އޭނާއަކީ ކެސިނޯ އަޅަން ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި, އެކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއް ވެސް ނޫންކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި, ކެސިނޯ ހިންގަން ލައިސަންސް ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯއާއި, އެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ އައްސަވައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން ދެއްވި ޖަވާބުގައި މަހްލޫފް ވަނީ ކެސިނޯ އަޅަން ހިތްވަރުދެއްވާ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ. އެ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަކީ ކެސިނޯ އަޅަން ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި, އެކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ.

Advertisement
Ooredoo — Square (box)

''އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތު ކުރާ މީހެއް ވެސް ނޫން.އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއް ވެސް ނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއް ވެސް ނެތް. އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށް އެދި އެކަން ޔަގީންކޮށްދެން.''

މަހްލޫފް އިއްޔެ ވިދާޅުވީ ކެސިނޯގެ ވާހަކަ ފެށިޔަސް އެ ހިސާބުން އެ މީހަކު ގޯސްވީ ކަމަށާއި, އެންމެން އުޅެން ޖެހޭނީ ބޮޑު ބިރުވެރިކަމެއްގައި ކަމަށެވެ. އަދި މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް އޮންނަ ކަމަކަށްނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް