ޚަބަރު

ރައީސް ޔާމީންގެ ދިފާއުން ދޮގު ހެކި ދިންކަން ސާބިތުކުރުމަށް ދައުލަތުން ލިޔުންތަކެއް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވ.އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތާއި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ބައެއް ހެކިންގެ ހެކިބަހާއިމެދު ސުވާލު އުފައްދައި ދޮގުހެކި ދީފައިވާކަން ސާބިތުކޮށް ދިނުމަށް ދައުލަތުން އާހެކިތަކެއް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

މިއަދު ކުރިޔަށްދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވިދާޅުވީ މިމައްސަލާގައި ދިފާއުން ހެކިހުށަހެޅިއިރު ހެކިތައް ހުށަހަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށްވެސް އެސަބަބުތަކާއި ދެކޮޅަށްވެސް ހެކިލިބިފައިވާކަމަށެވެ.

ހެކިބަސް ނަގާ ނިމުނުފަހުން ދައުލަތުން ހެކިތަކެއް ހުށަހެޅުމާއި ގުޅިގެން ދިފާއީ ވަކީލުން ވަނީ ދައުލަތުގެ އެ ލިއުންތައް ބަލައިނުގަތުމަށް ޝަރީއަތުގައި އެދިފައެވެ. އަދި ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ހެކި ހުށަނޭޅޭނެ ކަމަށް ބުނެފައިވެއެވެ.

މިއަދުގެ އަޑު އެހުމުގައި ދެފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު މިމައްސަލަ ބައްލަވާ ޤާޟީ ޝަކީލް ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވާނެކަމަށެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވަނީ ފެލިދޫ ދާއިރާގެ ޔޫސުފް ނަޢީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!