ޚަބަރު ސިޔާސީ

ސަރުކާރުގެ ބައެއް ވެރިންނަށް އިދިކޮޅާ ބައްދަލުކުރެވެނީ އިންޑިއާގެ ހުއްދައާ އެކު: އަދުރޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިން އިދިކޮޅު ކޯލިޝަނުގެ ވެރިންނާ ބައްދަލުކުރެވެނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދަ ލިބުމުން ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަދުރޭ މިފަދައިން ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ޤަރާރާ ދެކޮޅަށް ޕީޕީއެމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ސިވިލް ކޯޓަށް ވަޑައިގެން އެތަނުގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުގައެވެ.

އަދުރޭ ވިދާޅުވީ ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީ އާ ހިލާފު ގަރާރެއް ކަމަށެވެ. އަދި އެ ކޯލިޝަނުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާނީ އެ ގަރާރަކީ ގާނުނުއަސާސީ އާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ގަރާރުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގެއް ހިފެހެއްޓިގެންދާ ކަމަށާއި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފަ އޮތް ހައްގެއް ރައީސް ޞާލިޙަށް ނިގުޅައިގަންނަން ނުވަތަ ހަނިކުރަން ގަރާރެއް ނެރުމުގެ އިހުތިޔާރެއް ލިބިވަަޑައިނުގަންނަވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

  1. ޤައުމުތަކުގައި ތިއްބަވާ ސަފީރުން ޑިޕޮލަމޭޓުން އެޤައުމުގެ ދާހިލީ ކަންކަމާއި ސަޤާފަތާއި އަދާކާދަ ޔާއި ބެހި އުޅުމަކީ އދ ގެ ޝާޓަރާއި ބައިނަލް އަޤުވާމީ މުޢާހަދާތާކާއި ހިލާފު ކަމެއް !