ޚަބަރު އިޖުތިމާޢީ

ކޮރަޕްޝަން ހިންގަންޏާ ވަކި މީހަކަށް ބެލުމެއްނެތި ފިޔަވަޅު އަޅާނަން: ނަހުލާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ގަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ދެއްވައިފިއެވެ.

Ads by MWSC

ގަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ 150 އެއްހައި ވެހިކަލްގެ ރަޖިސްޓްރީ ބާތިލުކޮށްފައި ވަނިކޮށް ނަހުލާ މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި, ހަދަމުންދާ އޯޑިޓް ތެރެއިން, އޮޅުވާލައިގެން ރަޖިސްޓް ކޮށްފައިވާ އުޅަނދުތައް ފާހަގަވަމުންދާ ކަމަށެވެ.

''ޤަވާއިދާއި ޚިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ވާހަކަ ދަންނަވަން. އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރަން.'' ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެއް ކަމަށާއި, ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މި ކަންތައްތައް ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނޭޅޭނެ