އާ އޮފީހުގެ މަސައްކަތް ފެށުމަށް އެމްއެންޕީ މެމްބަރުން ޚަތިމްކޮށްފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އާ އޮފީހުގެ މަސައްކަތް ފެށުމަށް އެ ޕާޓީގެ މެމްބަރުން ކީރިތި ޤުރުއާން ޚަތިމްކޮށްފިއެވެ.
އެމްއެންޕީން ވިދާޅުވީ އެ ޕާޓީގެ މަސައްކަތްތައް މިއަދު އާ އޮފީހަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި “އާ އޮފީހުގައި މަސައްކަތް ފެށުމަށް ޕާޓީގެ މެންބަރުން މިއަދު ވަނީ ކީރިތި ޤުރުއާން ޚަތިމުކޮށްފައި” ކަމަށް އެމްއެންޕީން ވިދާޅުވިއެވެ.
އެމްއެންޕީގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް, ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އެމްއެންޕީގެ ނާއިބު ރައީސް އަދި ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޒްގެ އިތުރުން ޕާޓީގެ ލީޑާޝިޕްގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
https://twitter.com/mnp_secretariat/status/1578272030926970882?s=46&t=7sg19eIbGThB-3PowIBoqA
އެމްއެންޕީގެ އާ އޮފީހުގެ މަސައްކަތްތައް ފަށާފައިވައިރު، އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން ވަނީ ނިންމައިފައެވެ. ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ކާނަލް ނާޒިމް ވަނީ ވިދާޅުވެފައެވެ.







ކޮމެންޓް