Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖެނުއަރީ މަހު އެނިމަލް ފެސިލިޓީގެ އަމަލީ މަސައްކަތް ފެށޭނެ: މޭޔަރު މުޢިއްޒު

ޖެނުއަރީ މަހު އެނިމަލް ފެސިލިޓީގެ އަމަލީ މަސައްކަތް ފެށޭނެ: މޭޔަރު މުޢިއްޒު

އަންނަ އަހަރުގެ ޖެނުއަރީމަހު ގެ ތެރޭގައި ނުވަތަ އެނިމަލް ފެސިލިޓީގެ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ އެނިމަލް ފެސިލިޓީގެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ނިމިދިޔަ ދައުރުގައިވެސް އެކަމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ކަމެއް ކަމަށެވެ. އެކަމާއި ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ނިންމައި، ހުޅުމާލޭގައި އެ ފެސިލިޓީ ޤާއިމް ކުރަން އެޗްޑީސީ އާއި އެކު އެއްބަސްވުމުގައި ސޮއި ކުުމުގެ މަސައްކަތްވެސް އެދައުރުގައި ކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މޭޔަރު ވިދާޅުވީ މިހާރު ކެޓް ފެސިލިޓީގެ ކުރެހުންތައް ހަދައި ޓެކްނިކަލް މަސައްކަތް ކުރަމުންދާ ކަމަށާއި، ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ކުޑަ ޖާގައެއް ބޭނުން ކޮށްގެން، އެންމެ ރަނގަޅަށް، ކުޑަ ޚަރަދެއްގައި ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ.

އެނިމަލް ފެސިލިޓީ އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް