Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިދިޔަ މަހު މާލޭގައި 153 ކައިވެނި، 102 ވަރި

މިދިޔަ މަހު މާލޭގައި 153 ކައިވެނި، 102 ވަރި

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި 153 ކައިވެނި ކުރިއިރު އެމަހު 102 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ސެޕްޓެމްބަރު މަހު ފެމިލީ ކޯޓުން ވަނީ 210 މައްސަލައެއް ނިންމައިފައެވެ. އޭގެ ތެރޭގައި، ކުދިންގެ ޤާނޫނީ ބެލެނެވެރިކަން ކުރާނެ ފަރާތާއި ހަވާލުކުރި މައްސަލައަކާއި، ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އަމުރެއްވެސް ވަނީ ނެރެފައެވެ. އަދި ކުޑަކުދިންނާއި ގުޅުންހުރި ޚަޟާނަތުގެ މައްސަލައެއްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވަރީގެ 134 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 141 މައްސަލަ ނިންމާފައިވާއިރު ނުނިމި އޮތީ 121 މައްސަލައެވެ.

Advertisement
Allied — Dhen Online (box)

ފެމެލީ ކޯޓުން ބަލާ މައްސަލަތަކާއި ނިންމާ މައްސަލަތައް ކޮންމެ މަހަކު އާންމު ކުރުމަށް ނިންމާފައިވަނީ މި އަހަރުގެ މާޗް މަހުން ފެށިގެންނެވެ. އެކޯޓުން ބަލަމުންދާ މައްސަލަތަކާއި، ނުނިމުހުރި މައްސަލަތަކުގެ ތަފާސް ހިސާބުވެސް އެ މަހުން ފެށިގެން ގެންދަނީ އާންމު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް