Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޝަރުޢީ ދާއިރާ

ފުޅާ ދާއިރާއެއްގައި ޑްރަގް ޓްރެފިކް ކުރަމުންދަނިކޮށް ހައްޔަރުކުރި ޒުވާނާގެ ބަންދަށް 15 ދުވަސް

ފުޅާ ދާއިރާއެއްގައި ޑްރަގް ޓްރެފިކް ކުރަމުންދަނިކޮށް ހައްޔަރުކުރި ޒުވާނާގެ ބަންދަށް 15 ދުވަސް

މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދަނިކޮށް ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދަނިކޮށް ހައްޔަރުކުރި 20 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. އެ ގޮތުން ހ.ތުއްރަވާސް ގޯޅިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު, މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމުގައި ބެލޭ މިންގަނޑަށް ފެތޭވަރަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުންގެ މީޑިއާގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް