ޚަބަރު

މީޑިއާނެޓް އޮފީހަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އޯކިޑުމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

އެ މައްސަލާގައި ފުލުހުން މީގެ ކުރިން ވަނީ 22 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މީޑިއާނެޓު އޮފީހަށް ބަޔަކު ވަދެ އެތަނުގެ މުވައްޒަފަކު ޒަހަމުކޮށްލާފައިވަނީ އޮގަސްޓު މަހުގެ 18ވަނަ ދުވަހުގެ ހަވީރު 17:48 ހާއިރުއެވެ. އޭނާއަށް ހަމަލާދިނީ މަރުތޭލަކުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އޭނާ ބަންދުކުރި ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ މީޑިއާނެޓް އޮފީހަށް ވަދެ މާރާމާރީ ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ސީސީޓީވީ ފޫޓޭޖްތަކުން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ރިޔާޔަތްކޮށް، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!