އަންނަ އަހަރަށް ލަފާކޮށް ބޮޑު ބަޖެޓެއް ހުށައަޅަން ނިންމާފައިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް 41.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ ބޮޑު ބަޖެޓާއެކު ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާނެ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގެ ހަރަދު މިހާރުން މިހާރަށް ކުޑަނުކޮށްފިނަމަ 2023 ނިމުމުގެ ކުރިން ރާއްޖެ ބަގުރޫޓް ވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ފިޒިކަލް ސްޓްރެޓަޖީގެ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާނެ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 41.5 ބިލިއަން ރުފިޔާ ކަމަށެވެ.
އަމީރު ވިދާޅުވީ، 2023 އިން 2025އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސަރުކާރުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަޤިންކުރުމަށްކަމަށްކަމަށެވެ.
އެގޮތުން ޢާމްދަނި އިތުރުކުރުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ މަތިކޮށްގެން ޢާމްދަނީ އިތުރުކުރުންކަމަށް އަމީރު ވިދާޅުވިއެވެ.