ބަޖެޓުގެ ދަތިކަމާއެކުވެސް، މަގުތަކުގެ ހާލަތު ރަނގަޅު ކުރަން ކޮންމެ ދުވަހަކުވެސް ދަނީ މަސައްކަތް ކުރަމުން: މޭޔަރު

ބަޖެޓްގެ ދަތިކަމާއި އެކުވެސް މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން ދަނީ ކޮންމެ ދުވަހަކުވެސް ކެނޑިޅޭނި މަސައްކަތް ކުރަމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ މޭޔަރު މުޢިއްޒުގެ ކޮމިޔުނިޓީ ވައިބަރ ގްރޫޕްގައި ލިޔުއްވި މެސެއްޖެއްގައެވެ.
މޭޔަރު ގެ މެސެޖްގައި ވިދާޅުވީ މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރަން މި ކައުންސިލުން ދަނީ ކެނޑިނޭޅި ކޮންމެ ދުވަހަކުވެސް ވަރަށްގިނަ މަސައްކަތްތައް ކުރަމުން ކަމަށާއި، ބަޖެޓްގެ ތާށިކަމުގެ ތެރެއިންނާއި، ސަރުކާރުން ކުރިމަތި ކުރުވާ ހުރަސްތަކާއިއެކުވެސް ކައުންސިލުން މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.
މޭޔަރު ވަނީ ހަލާކުވެފައިހުރި ކާނުގަނޑަކުން ތުއްތު ކުއްޖަކަށް ދިމާވި ހާދިސާ އަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެ ހާދިސާގެ ރިޕޯޓު ކައުންސިލަށް ލިބުނުތާ 1 ގަޑިއިރުގެ ނުވަނީސް އެކާނު މަތިގަނޑު ރަނގުކުރި ކަން ފާހަގަ ކުރައްވާފައެވެ.
މާލެ އަދި ވިލިމާލޭގެ މަގުތަކުގެ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް މާލެ ސިޓީ ކައުންސިލްގެ ޓީމުތަކުން ދަނީ ކުރަމުންނެވެ.