Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރޯދަ މަހަށް ސަލްމާން މިސްކިތް ނުހުޅުވާނެ

ރޯދަ މަހަށް ސަލްމާން މިސްކިތް ނުހުޅުވާނެ

ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަމަޟާން މަހަށް ނުހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިސްކިތުގައި އަދިވެސް ފުރިހަމަ ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި މިނިސްޓްރީން އަންނަނީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"އަދިވެސް މިސްކިތުގައި ހިމެނޭ އޮޑިޓޯރިއަމް އާއި އެހެން ބައެއް ތަންތަނަށް ފަރުނީޗަރު ހޯދަން ޖެހޭ. އެ ނޫން ބައެއްކަން ވެސް އެބަހުރި. ހަގީގަތުގައި އޮނިގަނޑުގެ މަސައްކަތް ނިމި ކާޕެޓް އެޅިފައި އެ ހުރީ." މިނިސްޓަރު ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ރައީސް ޞާލިހު އެދުވަހު ވިދާޅުވީ އެންމެ ފުރަތަމަ ސަލްމާން މިސްކިތް ހުޅުވުމަށް ނިންމާފައި އޮތީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން އެ މިސްކިތް ހުޅުވުމަށް ނިންމީ ސައުދީ އަރަބިއްޔާގެ އިސްވެރިން ތަކެއް ވަޑައިގެން ކަމަށާއި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެކަން ފަސްވެގެން ދިޔައީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަ ގެންދަން ނުރަސްމީކޮށް ވިޔަސް ކުރިއަށް މި އޮތް ރޯދަ މަހު ތެރޭގައި އެތަނުގެ ބޭނުން ކުރެވޭނެ ގޮތް ވޭތޯ. އެ މަޝްވަރާ ކުރެވެމުން އެބަދޭ" ރައީސް ވިދާޅުވިއެވެ.

ސަލްމާން މިސްކިތަކީ، ސައުދީގެ ސަލްމާން ރަސްގެފާނުގެ އެހީއާއެކު ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން އެޅި މިސްކިތެކެވެ. މި މިސްކިތް ހުޅުވަން އެކިއެކި ތާރީހު މިހާރުގެ ސަރުކާރުން ދީފައިވީ ނަމަވެސް، އަދިވެސް އެ މިސްކިތް ހުޅުވާފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް