އެޗްޑީސީގެ "އާބަންސްކޭޕް" ޑިޒައިން މުބާރާތް ފަށައިފި

އެޗްޑީސީގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން "އާބަންސްކޭޕް" ގެ ނަމުގައި ޑިޒައިން މުބާރާތެއް ފަށައިފިއެވެ.
އެޗްޑީސީން ބުނީ، މި މުބާރާތާއެކު ދަރިވަރުންގެ ހުނަރުތައް އިތުރަށް ކުރިއަރުވައި އާ ކަންތައްތައް ދަސްކުރަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި މުބާރާތުގައި ޖުމްލަ 60 ކުދިން ބައިވެރިވުމަށް ވަނީ ހުށަހަޅާފައެވެ. އެޗްޑީސީން ބުނީ މި މުބާރާތަކީ އާބަން ޑިވެލޮޕްމަންޓްގެ އާ ކޮންސެޕްޓްތައް ދިރާސާކޮށް ހޯދައި، ހުޅުމާލެއަށް ހާއްސަ ކޮންސެޕްޗުއަލް ޑިޒައިނެއް ހޯދުމަށް ލިބޭ ހާއްސަ ފުރުސަތެއް ކަމަށެވެ.
މި މުބާރާތުން ވަނަވަނައަށް ހޮވޭ ދަރިވަރުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.