ވެރިކަމަށް ކުރިމަތިިލަނީ ''ވަގުން ހޯދަން'', ބޮޑެތި ވަގުން ތިބީ އެމްޑީޕީގައި: ރައީސް ޔާމީން
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފޮރުވިގެން ތިބި ''ވަގުން ހޯދުން'' ކަމަށާއި, ޙަޤީޤަތުގައި އެންމެ ބޮޑެތި ވަގުން ތިބީ މި ސަރުކާރުގައި ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިރޭ އިހަވަންދޫގައި ބޭއްވި ގެންދާ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހިރާއްޖޭގައި ތިބި ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު މީހުންނާ ދިމާއަށް ވަގަށް ގޮވިދާނެ ކަމަށާއި, ނަމަވެސް ވަގުންނަކީ ކޮންބައެއްކަން އެނގޭނީ މައްސަލަތައް ބަލައިލުމުން ކަމަށެވެ.
''މީހުންނާ ދިމާއަށް ވަގަށް ގޮވިދާނެ. އެކަމަކު މައްސަލަ ބަލައިލީމަ އެނގޭނީ ކޮން ބައެއްތޯ ވަގުންނަކީި. ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައި'' ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައެވެ. އެ ގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ މަޖިލިސް މެންބަރުން މަންފާ ހޯއްދެވިކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް މިއަދު އެ ވާހަކަތައް ދައްކަން ނުކެރެނީ ކީއްވެތޯ ވެސް ސުވާލު ކުރެއްވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ހޯއްދެވި ބޭފުޅެއްކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.
ވަގުންނަށް ވަރަށް ފަސޭހަވާނެ ވަގުން ހޯދަން…މުލިވަގާ! މިފަހަރު ހުރިހާވަގުން ހޯދާތި!