ޚަބަރު

ވަކީލަކު އައްޔަންކުރަން ޝެއިހް ނިޝާނާއި ފަޒްލޫން އަށް 10 ދުވަސް ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ޝެއިޚް ފަޟްލޫން މުޙައްމަދާއި، ޝެއިޚް އާދަމް ނިޝާން އަށް ވަކީލަކު އައްޔަންކުރަން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

Ads by Sosun Fihaara

މިއަދު ކުރިޔަށްދިޔަ އަޑުއެހުމުގައި ޝެއިހު ނިޝާނާއި ފަޒްލޫން ވިދާޅުވީ ޝަރީއަތް ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވެފައެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މިދިޔަ މެއި މަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ފަޒްލޫނާ ޝެއިހް ނިޝާން ހިމެނޭ ގޮތަށް 20 މީހެއްގެ މައްޗަށް ދައުލަތުންވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ.

ޝެއިހް ނިޝާނާއި ފަޒްލޫންގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިއްވަރު ދިނުމުގެ ދައުވާއެވެ. މިކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

Ads by Ooredoo
  1. ޢިލްމު ވެރިންނަށް ބިރުދައްކަން ކުރާކަމެއް، ނުބައިކަންތައް ހުއްޓުވަން އުޅޭތީ، ސެކިއުލާ މީހުން އެންމެ ޖެހިލުންވާނީ އިލްމު ވެރިންދެކެތާ !