Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އަޅުގަނޑަކީ އެމްއެމްޕީއާރްސީގެ ހަރާމް ލާރި ނަގައިގެން ހުރި މީހެއް ނޫން: ރައީސް ޔާމީން

އަޅުގަނޑަކީ އެމްއެމްޕީއާރްސީގެ ހަރާމް ލާރި ނަގައިގެން ހުރި މީހެއް ނޫން: ރައީސް ޔާމީން

އެމްއެމްޕީއާރްސިގެ “ހަރާމް” ލާރި ނަގާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެކަނިކުފާނު މިފަދައިން ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ބާރަށަށް ވަޑައިގެން މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްނިކުފާނަކީ އެހާ ބޮޑު ކުށަކަށް އަދި ރައްޔިތުންގެ އެހާ ބޮޑު ހައްގަކަށް އަރައިގަންނާނެ މީހެއް ނޫން ކަމަށެވެ. އަދި އެކަން ރައްޔިތުންވެސް ގަބޫލު ކުރައްވާ ކަމަށާއި އެކަން އެމަނިކުފާނު ޖަލުގައި ހުންނެވި އިރު ފެނިގެންދިޔަ ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައީސް ޔާމީން ވިދާޅުވީ އެމްއެންޕީއާރުސީގެ ހަރާމް ލާރި ގެންގުޅޭ މީހެއް ނޫން ކަމަށާއި އެ ލާރި ނުގެންގުޅޭ ކަަމަށެވެ. އަދި އެއްވެސް ކުށެއް ކޮށްފައިނުވާނެ ކަމަށާއި ދެން އަންނަ ދައުރެއް ލިބިއްޖެ ނަމަ ރައްޔިތުންނަށް އަދުލުވެރިކަމާ އެކު ކަންތައްތައއ ކޮއްދެއްވާނެ ކަމަށެވެ.

“ އަޅިގަނޑަކީ ހަރާން ލާރި ގެންގުޅޭ މީހެއް ނޫން. މިއަދުވެސް ގަބޫލު ކުރައްވާ. އެ ލާރި އަޅުގަނޑު ނުގެންގުޅެން” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު ބާރަށަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މޫސުން ގޯސްނަމަވެސް މިއަދު މެންދުރު ފަހު، ރައީސް ޔާމީން ބާރަށަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އިސްތިގުބާލުަގައި އެރަށުގެ ގިނަ ރައްޔިތުންނެއް ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. އެމަނިކުފާނު ވަނީ އިސްތިގްބާލަށް ނުކުމެ ތިބި އެންމެހާ ރައްޔިތުންނާ ސަލާމް ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް