Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ރައީސްގެ މަންދޫބެއްގެ ހައިިިިސިއްޔަތުން ޝާހިދު އޮމާނަށް ވަޑައިގެންފި

ރައީސްގެ މަންދޫބެއްގެ ހައިިިިސިއްޔަތުން ޝާހިދު އޮމާނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާއްސަ މަންދޫބެއްގެ ހައިިސިއްޔަތުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފިއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ ރާއްޖެއާއި އޮމާނާއި ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުންތަކާމެދު މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިިސިއްޔަތުން އޮމާނަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ފަޚުރެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް