ދުނިޔެ

ދަރަނިވެރިވާ ޤައުމުތަކުގެ ދަރަނި މެނޭޖް ކުރަން އިންޑިއާއިން އެހީވާނެ ކަމަށް ޤަބޫލުކުރަން: އދ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދަރަނީ ބޮޑުވެފައިވާ، ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީވުމަށް ޖީ-20 ގެ ގައުމުތައް އެއްކުރުމަށް އިންޑިއާގެ އެހީތެރިކަމަށް އދގެ ވެރިޔާ އެންޓޯނިއޯ ގުޓަރޭޒް އެދިވަޑައިގެންފިއެވެ.

Ads by WAMCO

ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ޖީ-20 ގެ ރައީސް ކަމަށް އިންޑީއާވަނީ އިންތިޚާބުވެފައެވެ.

އިންޑިއާގެ އަވައްޓެރި ޤައުމުތަކުގައި ދަރަނި ބޮޑުވެ، އައިއެމްއެފްގެ އެހީތެރި ކަމަށް ވަނީ އެދިފައެވެ.

އިންޑިއާގެ އަވަށްޓެރި ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝް އިން އައިއެމްއެފްގެ ލޯނަށް އެދުނީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވާތީއެވެ.

މުމްބާއީގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ހުންނަވާ ދެއްވި ތަޤްރީރެއްގައި އޭނާ ވިދާޅުވީ ދަރަނި ލުއިކުރުމުގެ މަސައްކަތުގައި ޖީ-20 ގެ ގައުމުތައް މޮބިލައިޒް ކުރުމުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

" ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް ފުޅާކޮށް އިތުރުކުރުން ފަދަ ފިޔަވަޅުތައް އަޅަން އިންޑިއާއިން އިސް ނަގާނެ ކަމަށް ޝައްކެއް ނުކުރަން" އެންޓޯނިއޯ ވިދާޅުވިއެވެ.

ކޮވިޑް19ގެ ބަލިމަޑު ކަމުގެ ތެރޭގައި 2020 ވަނަ އަހަރުގެ މެއި މަހު އުފެދުނު މި އިނީޝިއޭޓިވްގެ ދަށުން ގާތްގަނޑަކަށް 50 ގައުމަކަށް މިދިޔަ އަހަރުގެ ނިޔަލަށް 12.9 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ވަނީ ލަސްކޮށްދީފައެވެ.

  1. ރާއްޖެ ކަހަލަ ދަރަނި ބޮޑު ޤައުމުތަކަށް އިންޑިޔާ ދަރަނި މެނޭޖްކުރަން ދަސްކޮށްދެނީ !