Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޝަރުޢީ ދާއިރާ

ބޭރުގެ ޑްރަގް ނެޓްވޯކަކުން ރަހީނުކުރި ދިވެއްސަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

ބޭރުގެ ޑްރަގް ނެޓްވޯކަކުން ރަހީނުކުރި ދިވެއްސަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

ބަޔަކު އޮޅުވާލައިގެން އޭނާ ޕާކިސްތާނަށް ފޮނުވީ ކަމަށާއި, އެ ގޮތުން އެ ޤައުމަށް ދިއުމުން ބަޔަކު އޭނާ ހައްޔަރުކޮށްގެން ގެންގުޅުނުކަމަށް ކްރިމިނަލް ކޯޓުގައި މީހަކު ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ޢުމުރުން 22 އަހަރުގެ ޙުސައިން ޝަރުވާން ހައްޔަރުކުރީ މަސްތުވާަތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުމާއި/އެތެރެކުރުމުގައި އެހީތެރިވުމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދާމެދު ދެވަނަ ފަހަރަށް ގޮތެއް ނިންމަން މި މަހުގެ 19 ގައި ކޯޓަށް ހާޒިރުކުރިއެވެ. ނަމަވެސް ހައްޔަރު ކުރިތާ ހަފުތާއެއްވީިއިރު ވެސް ވަކީލަކު ހަމަޖެހިފައިނުވާތީ އޭނާގެ ބަޔާން އަދި ނުނަގާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. އެ ގޮތުން ވަކީލަކު ހަމަޖެހިފައިނުވާތީއާއި އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ގާޒީ ނިންމެވީ ދިގު މުއްދަތަކަށް ބަންދު ނުކޮށް, ބަންދަށް 10 ދުވަސް އިތުރު ކުރުމަށެވެ.

Advertisement
HDC — Sidebar (box)

އޭނާ ކޯޓުގައި ބުނެފައިވަނީ ބަޔަކު އޮޅުވާލައިގެން އޭނާ ޕާކިސްތާނަށް ފޮނުވީ ކަމަށާއި, އެ ގޮތުން އެ ޤައުމަށް ދިއުމުން އެ ޤައުމުގައި ތިބި ޑްރަގްގެ ނެޓްވޯކުން އޭނާ ހައްޔަރުކޮށްގެން ގެންގުޅުނު ކަމަށް ކަމަށެވެ. އަދި އެނބުރި ރާއްޖެ އައީ ފިލައިގެންކަމަށް އޭނާ ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް