Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ލޮނުފެން ލީކުވާ ހޮޅީގެ މައްސަލަ ސްޓެލްކޯއިން ހައްލުކޮށްފި

ލޮނުފެން ލީކުވާ ހޮޅީގެ މައްސަލަ ސްޓެލްކޯއިން ހައްލުކޮށްފި

ސްޓެލްކޯގެ އިންޖީނުތަކަށް ލޮނުފެން ފޯރުކޮށްދޭ ހޮޅި ފަޅައިގެން ދިޔަ މައްސަލަ ހައްލުކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއަށް ފެން ފޯރުކޮށްދޭ ހޮޅި ފަޅައިގެން ދިޔަ މައްސަލަ ރޭ ދަންވަރު ހައްލުކޮށްފައިވާކަަމަށެވެ.

ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލި އިރު، އެ ފެނަކީ މިކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް އެނގިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ އެ ފެން ހޮޅި ފަޅައިގެން މަގުމަައްޗަށް ލޮނުފެން ލީކުވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ނުފެށި ލަސްވީ ސިޓީ ކައުންސިލުން ހުއްދަ ނުލިބުމުންކަމަށް ވިދާޅުވެ، ސްޓެލްކޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ މަސައްކަތް ކުރުމަށް ހުއްދަދީފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް