Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ މިހާރުގެ މެމްބަރުންގެ ދައުރު ޑިސެމްބަރު މަހުގެ 14 ދުވަހު ހަމަވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަޤާމަށް ނަން ހުށައެޅުމަށް ހުޅުވާލީ މިމަހުގެ 23ގެ ނިއަލަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަމަހުގެ 2ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައެވެ.

Advertisement
Ooredoo — Truecaller (box)

ހޯމް މިނިސްޓްރީން ބުނީ އެމްއެމްސީ އަށް ބޭނުން ވަނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހެކެވެ.

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް މީހަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެ އެވެ. މީޑިއާ ތަމްސީލުކުރާ ހަތް ގޮނޑި އަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް އިންތިޚާބު އޮންނާނެ ދުވަހެއް ހޯމް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް