Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
މުނިފޫހިފިލުވުން

999 ރުފިޔާއަށް ޝޯގެ ވީއަޕީ ޓިކެޓް ގަނެގެން ޔޮހާނީ އާ ބައްދަލުކޮށް، ފޮޓޯ ނެގުމުގެ ފުރުސަތު

999 ރުފިޔާއަށް ޝޯގެ ވީއަޕީ ޓިކެޓް ގަނެގެން ޔޮހާނީ އާ ބައްދަލުކޮށް، ފޮޓޯ ނެގުމުގެ ފުރުސަތު

ބައިސްކޯފުން އަންނަ ހޮނިހިރު ދުވަހު ބާއްވާ "ޗަނާޗާ" ޝޯގެ ވީއަޕީ ޓިކެޓް ގަނެގެން ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވަރއާ ބައްދަލުކޮށް، ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ބައިސްކޯފުން ބުނެފިއެވެ.

ވީއައިޕީ ޓިކެޓާއެކު ވަކި ޚާއްސަ ޖާގައެއް ދެވޭނެއެވެ. ޓިކެޓްގެ އަގަކީ 999 ރުފިޔާއާއެވެ. ވީއަޕީ ސީޓް ވިއްކުމަށް ހަމަޖެހިފައިވަނީ ވަކި އަދަދަކަށެވެ.

ޔޮހާނީގެ ހަވީރުުގެ ޝޯއަށް ހިލޭ ވަދެވޭއިރު، ޔޮހާނީ ބައިވެރިވާނީ ރޭގަނޑު ބާއްވާ ޝޯގައެވެ. އެއަށް ވަދެވޭނީ 150 ރުފިޔާގެ ޓިކެޓެއް ގެނެގްނެނެވެ. ކުރިން ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ވީއައިޕީއަށް ބަދަލު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ބައިސްކޯފުން ބުނެއެވެ.

Advertisement
Ooredoo — Square (box)

ޗަނާޗާގައި ޔޮހާނީގެ އިތުރުން ދިވެހި ފަންނާނުން ޝޯ ދޭނެއެވެ. މިގޮތުން 80އަށްވުރެ ގިނަ ފަންނާނުން ޕާފޯމް ކުރާނެ ކަމަށް ބައިސްކޯފުން ހާމަކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް