Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ކޯޓުން ހުއްދަ ދީފި

ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ކޯޓުން ހުއްދަ ދީފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި ގދ.ހޯޑެއްދޫ، ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުން ހުއްޓުވާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އަބުދުﷲ ރަޝީދުގެ ހަށިގަޑު ހޯދުމަށް އޭނާގެ އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މި މައްސަަލައިގައި ޕީޖީ އޮފީހުން ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ ޤާނޫނާ އެއްގޮތަށް ކަމަށާއި، ކޯޓުން އެކަން ހުއްޓުވަން އަމުރެއް ނެރެފިނަމަ، ހިނގަމުން އަންނަ ޖިނާއީ ތަހުގީގަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިއާއެކު މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ ނިންމަވާފައިވަނީ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތިން އިހުމާލުން މީހަކު މަރުވިކަމަށް ބެލެވޭ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އެހެންކަމުން އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ.

ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ފިޓް ޖެހުމުގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުން މީގެކުރިން ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް