ޚަބަރު

މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ!

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ތިން ވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

އެސްޓީއޯއިން ވިދާޅުވީ 2ވަނަ ކުއާޓަރގައި އެ ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވުން ކަމަށެވެ.

ތިން ވަނަ ކުއާޓާގެ އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް ހަރަދަށް 276 މިލިއަން ރުފިޔާ އަރާފައިވެއެވެ. އަދި ސާފު ފައިދާ 168 މިލިއަން ރުފިޔާ

ޓެސްކްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ 2ވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 188 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު %6ގެ ކުރިއެރުމެކެވެ. ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 4.04 ބިލިއަން ރުފިޔާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!