Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 14ގައި

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 14ގައި

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ.

އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލުން ރޭ ބޭއްވެވި ޖަލްސާގައި ހާޒިރުވެތިއްބެވި މެމްބަރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތައް ހޯދުމަށް އިޢުލާން ކުރުމަށެވެ.

އަދި ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ކަމަށް ވަނީ އިޢުލާންކޮށްފައެވެ.

Advertisement
Allied — Dhen Online (box)

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ އިޢުލާންކުރައްވާފައެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، އެމްއެންޕީން ވަނީ، ސަރުކާރު ޒިންމާދާރު ކުރާނެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، އެ ޕާޓީން މަސައްކަތް ކުރައްވާނެކަން ހާމަކުރައްވައިފައެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް