Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދަޢުވާނުކޮށް ބަންދުގައި 3 މަސްދުވަހު ބެހެއްޓޭގޮތަށް ޤާނޫނަށް އިސްލާޙު ގެނެސްފި

ދަޢުވާނުކޮށް ބަންދުގައި 3 މަސްދުވަހު ބެހެއްޓޭގޮތަށް ޤާނޫނަށް އިސްލާޙު ގެނެސްފި

ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން 3 މަސްދުވަހު ބަންދުގައި ބޭއްތިއްބޭ ގޮތަށް ޖިނާއީ އިޖުރާޢަތު ޤާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކޮށްފިއެވެ.

އެ ބިލު ހުށަހަޅައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، ޖިނާއީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ތަހުގީގު މުއްދަތު އިތުރުކުރުމަށް ފުލުހުން ބޭނުންވާ ނަމަ ތަގުގީގުގެ މުއްދަތު 60 ދުވަހަށް އިތުރު ކުރުމަށް ފާސްކޮށްފައެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ 56 މެމްބަރުންގެ ވޯޓުންނެވެ.

Advertisement
Ooredoo — Square (box)

މި ބިލަށް ގެނައި އެންމެ މުހިންމު އިސްލާހަކީ ފުލުހުން ތަހުގީގް ކުރަމުންދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ބަންދާމެދު މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ގެނައުމެވެ.

ޖިނާއީ އިޖުރާތު ގާނޫނުގައި ޖިނާއީ ބޮޑު ކުށުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11 ކުށެކެެވެ. އެއީ މީހުން މެރުން، ރޭޕްކުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިން، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް އަދި ރިޝްވަތާއި ކޮރަޕްޝަންގެ ކުށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް