ޚަބަރު އިޖުތިމާޢީ

އިންޑިއާ މީހުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު ކުރަން ޖެހޭ: ޝެއިޚް ނިޝާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝެއިޚް އާދަމް ނިޝާން--

އިންޑިއާ މީހުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި ފަދަ ޖިހާދެއް ކުރަން ޖެހޭކަމަށް ޝެއިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދާދިފަހުން އިންޑިއާގެ ނޫހަކުން ވަނީ ގަލްފުގެ މުސްލިމު ޤައުމުތައް ފަދައިން ދީނީ ދޫދިނުންތަކަށް ރާއްޖެއިން ވެސް ފުރުސަތު ދިނުމަށް ގޮވައިލައިފައެވެ.

އެކަން ފާހަގަކުރައްވައި ޝެއިޚް ނިޝާން މީސްމީޑިއާގެ ބައެއް މަންސަތަކުގައި ވިދާޅުވެފައިވަނީ އިންޑިއާގެ ރަތްލާޖެހި މުޝްރިކު ކާފަރުން މަސައްކަތް ކުރަމުންދަނީ، މި ތަނުގައި ޝިރުކު ފަތުރައި އަލުން އަނބުރާ ބުދުދީން ގެނެސް އެ މީހުންގެ ބާރުގެ ދަށަށް މިތަން ގެންދިއުމަށް ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ވެސް ޝައިޚް އިލްތިމާސް ކުރެއްވިއެވެ.

މިއީ [ޝިރުކު ފެތުރުން] އިންޑިއާއިން ބޭނުންވެގެން މިއުޅޭ ކަމަކީ. މި މީހުންނާއި ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު ކުރަން އެބަޖެހޭ.

ޝެއިޚް ނިޝާން މިހެން ވިދާޅުވިއިރު، ރާއްޖޭގައި އުޅޭ އިންޑިއާގެ ބައެއް މީހުން ކުށްތައް ކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އޭގެތެރޭގައި ޝިރުކުގެ އަމަލުތައް ވެސް ހިމެނެއެވެ. ދާދިފަހުން އައްޑޫ ސިޓީގެ ފޭދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފެށީ ވެސް ހިންދޫންގެ އަޅުކަމަކުންނެވެ.

Ads by HDC
  1. ޓައްޕު

    ތާލިބާންގެ ފިކުރު މިގައުމުން ނައްތާލުމަށް ކުރަންޖެހޭ ޖިހާދު މާބޮޑެވެ. މިތަން އަފުގާނަށް ވުމުގެ ކުރިން ހޭލަންވެއްޖެއެވެ.